ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއްގާއިމުކުރަނީ

ބޭންކް އޮފް މޯލްޑިވްސް އާއި މައިންޑްކޯ ގުލިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުލޭގޮތުން އެ ކުންފުނިން ވަނީ މިކަމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައެވެ. މިއީ ސަރުކާރުން
ފައްޓަވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން
އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލުންބުނީ މި
ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް
ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް
އެހީތެރިވެދޭނެ ގައުމީ ވަސީލަތެއް ކަމަށާއި، މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ
ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް
ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި
އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން ކަމަށެވެ.
ސަރުކާރުގެ
އެކި
ދާއިރާތަކަށް
ދިމާވާ
ގޮންޖެހުންތަކަށް
އަމަލީ
ހައްލު
ހޯދުމަށްޓަކައި،
އޭ.އަ.އި
އަދި
ޑޭޓާ
ޓޫލްސްތައް
އުފެއްދުމުގައި
ރާއްޖޭގެ
ޕްރައިވެޓް
ސެކްޓަރއަށް
ދައުވަތު
ހުޅުވާލާ
އެފަރާތްތަކާއި
ގުޅިގެން
މިސެންޓަރުން
މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ
ޓެކްނޮލޮޖީ
ކުންފުނިތަކާއި،
އަލަށް
ފަށާ
ވިޔަފާރިތަކާއި،
މި ދާއިރާގެ މާހިރުންނާއެކު
ރޭވުންތެރިކަމާއެކު
ކުރެވޭ
މަސައްކަތްތަކުގެ
ތެރެއިން،
އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް
ބޭނުންކުރުމަށް
މަގުފަހިކޮށްދިނުމަށް
މިސެންޓަރުން
މަސައްކަތްކުރާނެއެވެ.
އެއާއިއެކު،
ގައުމީ
އިސްކަންދޭ
ކަންކަމާ
އެއްގޮތްވާ
ގޮތުގެ
މަތިން،
އާންމު
ހިދުމަތްތައް
ފޯރުކޮށްދިނުމަށް
އެކަށީގެންވާ،
ރައްކާތެރި،
އަދި
ފުޅާކުރެވޭނެ
ފަދަ
ހައްލުތަކެއް
މި މަރުކަޒުގެ ސަބަބުން
މަގުފަހިވެގެންދާނެއެވެ.
ބީއެމްއެލުން ބުނީ މި
ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު
ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި
އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބީއެމްއެލްއިން މި
މަޝްރޫއުގައި ބައިވެރިވުމުން  ރަމްޒުކޮށްދެނީ
ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން
ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ
އަހުމިއްޔަތުކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. 
އަދި ގައުމުގެ
އެންމެ ބޮޑު ބޭންކުގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް
ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ
ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި ބީއެމްއެލުން އެހީތެރިވެދޭނެއެވެ.
ބީއެމްއެލުން ބުނީ މި އެއްބަސްވުމުގެ
ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި
ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް
ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް  ހަރުދަނާކުރުމަށާއި
ޚިދުމަތުގެ ފެންވަރު  ރަނގަޅުކުރުމަށާއި
ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް
ފަސޭހަވެގެންދާނޭކަމަށެވެ.   
ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް
ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް މިއަންނަ
އެޕްރީލު މަހުގައި ފެށިގެންދާނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ