މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ދެންމެއަކު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މިހާރު މި ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރުން 5 މަހާއި 27 ދުވަސް އުނިވާކަން ނޭނގޭ ގޮތަށް އޮތް އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެގޮތުން:
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މައްސަލަ ހުށަހެޅުއްވި ވަކީލުން ފާހަގަކުރައްވާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާ ނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެންވެ، އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރު ކުރަން ރައްޔިތުންނަށް ފެނޭތޯ ވެސް ސުވާލުކުރަން ޖެހޭ
ތަފްސީލް - ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ:
ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ބައްޓަން ކުރާނެ ގޮތާއި ތަފްސީލީ އެހެން އިޖުރާއަތެއް ވެސް ހިމެނޭ މާއްދާއެއް ނޫން
އެ ތަފްސީލް ހިމެނީ މި ފަހުން މަޖިލީހުން ފާސްކުރި ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި
އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އިން އެނގޭ ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓެއްގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހޭނެ
ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ހިމެނޭ ބިލެއް ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ހުށަހަޅާ ސުވާލުގައި އެއް ކަމަށް ވުރެ ގިނަ ކަންކަމަށް ވޯޓަށް އެހޭ ގޮތަށް ސުވާލުކުރުމަށް ހުއްދަ ކޮށްފައިވޭ
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެންނަ ބިލުގެ މަގުސަދަކީ ދެ އިންތިހާބު އެއްކުރުންކަން މެންބަރުން ކުރި ބަހުސްތަކުން އެނގޭ
ތަފްސީލް އަންނަނީ...
ސުވާލު ގާނޫނުއަސާސީއާ ހިލާފެއް ނޫން؛ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދަން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ