ޑްރަގް ނެޓްވޯކްގެ ބޮޑުންކަމަށް ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދު

ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން އަލުން ހައްޔަރުކުރީ، އެ މީހުންގެ މައްޗަށް ކޯޓުގައި އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އޮތުމުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު، މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ދައުލަތުން ވަނީ މި ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ