މި ސަރުކާރުގެ ދެ އަހަރުތެރޭ ބަދަލުވާ ތިންވަނަ ޕޮލިސް ކޮމިޝަނަރުކަމަށް ޓޫފޯ އައްޔަންކުރައްވައިފި

މި ސަރުކާރުގެ ދެ އަހަރު ތެރޭ ދެ ޕޮލިސް ކޮމިޝަނަރުން އިސްތިއުފާ ދެއްވައި، ތިންވަނަ ޕޮލިސް ކޮމިޝަނަރަކަށް މިއަދު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު (ޓޫފޯ) އައްޔަންކުރައްވައިފިއެވެ. ޓޫފޯއަކީ 1995 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން ފުލުހުންގެ އިސް އޮފިސަރުންނަށް ޚާއްސަ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާއިރު، އޭގެ ތެރޭގައި އައިޕީއެސް ޕްރޮބޭޝަނަރުންގެ އަސާސީ ތަމްރީނު ކޯސް ހިމެނެއެވެ. ތަޢުލީމަށް ބަލާއިރު، ޓޫފޯއަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީޢާ އަދި ބެޗްލާ އޮފް ޝަރީޢާ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ