ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމުގެ ބޭނުމުގައި އުފެއްފި އެސްއެމްއީ ޑިޖިޓަލް އިން، ކުދި ވިޔަފާރިތަކަށް 375 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފިކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ކުންފުނިން ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، 17 ނޮވެމްބަރ 2023 އިން ފެށިގެން 15 އޭޕްރީލް 2026ގެ ނިޔަލަށް 575 ވިޔަފާރިއަކަށް 375 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެބޭންކުން ބުނެއެވެ.
އެސްއެމްއީ ޑިޖިޓަލް އާއެކު، ޒުވާން ގިނަ ވިޔަފާވެރިންތަކެއް އުފެދި، ހިނގަމުންދާ ކުދި ވިޔަފާރިތަކަށް އެތައްގުނައަކުން ފަސޭހަތަކެއް ލިބެމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިޤްތިސާދީ ގޮތުން ބާރުވެރި ކުރުމަށް، އެސްއެމްއީ ޑިޖިޓަލްއިން ވަނީ މާލީ މިނިވަންކަން ކަށަވަރު ކޮށްދޭނެ ޚާއްޞަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލް: ކުދި ވިޔަފާރިތަކަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ