އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފަހަރަށް ޕޯޓަލެއް ގާއިމްކޮށް، މިއަދު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕޯޓަލް އިފްތިހާހުކޮށްފައި ވަނީ މަޖިލީސް އިދާރާގައި އެކަމަށްޓަކައި މިއަދު ބޭއްވި ހައްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ލޯ ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލު - ޕޯޓަލް އިފްތިތާހުކުރުމަށް ފަހު މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމަށް އެޅި ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މަޖީލީހަށް ޕެޓިޝަން ހުށަހެޅުމާއި ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ޕޯޓަލްގައި ސޮއިކުުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން އީފާސް މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން އޮންނަ ގޮތުން ޕެޓިޝަނެއް ހުށަހެޅެނީ މަޖިލިސް މެންބަރެއް މެދުވެރިކޮށެވެ. ބަޔާނުގައި އިތުރަށް ބުނީ:
ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ޕެޓިޝަން ހުށަހެޅޭނެ
ޕެޓިޝަނަކަށް ސޮއި ލިބޭ ވަރަށް ބަލައި މަޖިލީޙުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމް ފިޔަވަޅުތައް މި ނިޒާމްގެ ތެރެއިން ވަނީ ތައާރަފް ކުރެވިފައި
މި ސަރަހައްދުގެ ގާނޫނު ހަދާ މަޖިލިސްތަކުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމްކޮށްފައިވަނީ ހަމައެކަނި ޕާކިސްތާން އަދި ތައިލެންޑުން
މި ޕޯޓަލް ފަރުމާކޮށްފައިވަނީ މަޖިލީހާއި ޔޫއެންޑީޕީއާ ގުޅިގެން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް މަޖިލީހުން ޕޯޓަލެއް ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ