ފެނަކަ ސައީދު ބޭސްފަރުވާގެ ހައްގުން މަހުރޫމް ނުކުރޭ: ޝާހިދު

ފެނަކަ ކޮމްޕެނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ބޭސް ފަރުވާގެ ހައްގުން މަހުރޫމު ކުރުން އެމްޑީޕީގެ ރައީސް ކުއްވެރި ކުރައްވައިފިއެވެ. 
އަހުމަދު ސައީދުގެ މައްޗަށް ފަޓާސް ބަރިއެއްހެން ޝަރީއަތެއް ހިންގާ ބޭއިންސާފު ހުކުމެއް އިއްވައިގެން ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ކަންބޮޑުވުން އޮނަރަބަލް ޝާހިދު ފާޅުކުރެއްވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައެވެ. 
ފެނަކަ ކޮމްޕެނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ހުންނެވީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ލިބެންޖެހޭ ބޭސްފަރުވާ ކުރުމުގެ އިންސާނީ ހައްގުން މަހުރޫމު ކުރެވިފައިކަމަށް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. 
ފެނަކަ ސައީދަކީ މުރާލިކަމާއި ހީވާގިކަމާއެކު ހިދުމަތްކުރެއްވި ގައުމީ ހިދުމަތްތެރިއެއް ކަމަށް ވެސް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. 
ފެނަކަ ސައީދު ބޭސް ފަރުވާ ކުރުމުގެ ހައްގުން މަހުރޫމު ނުކުރުމަށް ސަރުކާރަށް ޝާހިދު އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ