މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުބޮޑުވުމުން ރާއްޖެއިން ތެލަށް އިތުރަށް ކުރަންޖެހޭ ހަރަދަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅޭކަން މިއަދު ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 100 މިލިއަން ޑޮލަރުގެ ލޯނު ނަގަނީ ބައިނަލްއަގުވާމީ ދެ އެޖެންސީއެއް މެދުވެރިކޮށް ކަމަށެވެ.
"ރިޒާވަށް އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު އިންޓަނޭޝަނަލް މަލްޓިލެޓްރޯލް ދެ އެޖެންސީއަކާއެކު މަސައްކަތްކޮށްގެން އިއްޔެއާ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. 100 މިލިއަން ޑޮލަރު. އެއީ ތެލުގެ އަގު މިހާރު ބޮޑުވާ އަދަދު،" ޒަމީރު ވިދާޅުވި އެވެ.
އެ ލޯނު ނެގުމަށް ސަރުކާރާއި ދެ އެޖެންސީއާ ދެމެދު ކުރެވުނު މަޝްވަރާއާއެކު އެއްބަސްވުމަކަށް އާދެވި، ލޯނު ނެގުމަށް ދިވެހި ސަރުކާރުން ނަގަންޖެހޭ ހުއްދައަށް އެދި މުހައްމަދު މުއިއްޒުއަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ލޯނު ނަގަނީ ކޮން ދެ އެޖެންސީއެއް މެދުވެރިކޮށް ކަމެއް އަދި ލޯނު ނަގަނީ ކޮންކަހަލަ އެއްބަސްވުމެއްގެ ދަށުން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
"މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެ އަންނަ ބައި ފައިނޭންސް ކުރުމަށްޓަކައި އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް. އެކަމަށް މި ދެންނެވި ދެ އެޖެންސީއާއެކު މަޝްވަރާ ކުރެވިގެން ދެކޮޅު އެއްބަސްވެގެން މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށްޓަކައި އަޅުގަނޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް ސިޓީއެއް މިއަދު ފޮނުވާފައި،" ޒަމީރު ވިދާޅުވި އެވެ.
އަދަދު އަށް އިތުބާރުހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު ހަމަޖެހުނީ ވޯލްޑް ބޭންކުންނެވެ. ނަމަވެސް ބާކީ 50 މިލިއަން ޑޮލަރު ހަމަޖެހުނީ ކޮން އެޖެންސީއަކުން ކަމެއް އަދި ނޭނގެ އެވެ.
މެދުއިރުމަތީގައި މިހާރު ހަނގުރާމަ ކުރަމުންދާ ގޮތަށް ހަނގުރާމަ ކުރަމުން ގޮސްފިނަމަ، ކޮންމެ މަހަކު ދިވެހި ސަރުކާރުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުން ލިބެމުންދާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހިއްސާކުރި އަންދާޒާތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 3000 ވަރަކަށް ޓޫރިސްޓުން ދަނީ ރާއްޖެއަށް ގެއްލެމުންނެވެ. މިއީ ހަނގުރާމައިގައި ވޭތުވެފައިވާ 12 ދުވަހުގެ މުއްދަތަށް ބަލައިފި ކަމުގައި ވަނީ ނަމަ 33،000 ޓޫރިސްޓުންނެވެ.
ތެޔޮ ބިލަށް އިތުރުވާ ފައިސާ ދައްކަން 100 މިލިއަން ޑޮލަރު ނަގަނީ ތެޔޮ ބިލަށް އިތުރުވާ ފައިސާ ދައްކަން 100 މިލިއަން ޑޮލަރު ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ