އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިިރިހެނުން ކަމަަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:00 އެހައިކަންހާއިރު އެވެ. އަދި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.
މި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާއިރު، ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެކެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ވަނީ ގެނެސްފަ އެވެ.
އަދި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާ، މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށްވެސް ފުލުހުން ކުރީން ބުންޏެވެ.
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވީ ބަންގްލަދޭޝްގެ ފަސް ފިރިހެނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ