އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ސިފައިންގެ ތެރެއިން ހަތަރު ސިފައިން މަރުވެެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފި އެވެ.
ތެޔޮ އެޅުމަށް ބޭނުންކުރާ "ކޭސީ-135" މަރުކާގެ މި ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ބުނެ އެވެ.
މި ބޯޓު ވެއްޓުނީ ހަމަލާއެއްގައި ނޫން ކަމަށް އެމެރިކާއިން ބުނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ އެވެ.
މިހާތަނަށް އެމެރިކާގެ އަށް ސިފައިން މަރުވެފައިވާއިރު، 140 އަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފަ އެވެ. މީގެ ކުރިން ވެސް އެމެރިކާގެ ތިން ފައިޓާ ޖެޓެއް މި ހަނގުރާމައިގައި ވެއްޓުނެވެ.
މި ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ދާދި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި 53 ޕަސެންޓު މީހުން އީރާނު ހަނގުރާމައާ ދެކޮޅެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ހަތަރު ސިފައިން މަރުވެއްޖެ އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ހަތަރު ސިފައިން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ