ރޭ ދަންވަރު އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސް ވެގެން މާލެ ގެނައި ދެ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރޭ ދަންވަރު 2 ހާއިރު ދިގުރަށުގައި 30އަކަށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކަށް އަނިޔާވި އެވެ. އެގޮތުން:
އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައި
އަދި އެކަކު ރަށު ސިއްހީ މަރުކަޒުން މިހާރު ދޫކޮށްލާފައިވާއިރު، ދެ މީހަކު ހާލު ސީރިއަސް ވެގެން މާލެ ގެނައި
އެ ދެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި
އައިޖީއެމްއެޗުގެ ބަސް - އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލްއާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، ދެ މީހުންގެ ހާލު ވެސް އަދިވެސް ސީރިއަސް ކަމަށެވެ.
"ދެ މީހުންނަށް ވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގައި،" ލިބުނު ގެއްލުމުގެ ތަފްސީލު މީޑީއާ ޑިޕާޓްމަންޓަށް އަދި ނުލިބޭކަން ފާހަގަކުރައްވައި އޮފިޝަލު ވިދާޅުވި އެވެ.
އިތުރު މައުލޫމާތު - މި ހާދިސާ އެޗްއާރުސީއެމްއިން ބަލަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން 'ދައުރު'އަށް ވިދާޅުވީ، ރޯވި އެކޮމޮޑޭޝަން ބްލޮކްގައި ގާތްގަނޑަކަށް 30 މީހުން ދިރިއުޅެމުން ދިޔަ ކަމަށާއި މި ހާދިސާ ހިނގީ އޭގެ ތެރެއިން ބައެއް މީހުން ނިދާފައި ތިބި ވަގުތެއްގައި ކަމަށެވެ.
"މިހާތަނަށް ބެލެވޭ ގޮތުގައި މިކަން ހިނގާފައި ވަނީ، ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކްވެގެން... އެކަމަކު ކަން އަސްލުވީ ގޮތް އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު،" އުސްމާން ވިދާޅުވި އެވެ.
މަރުވި ފަސް މީހުންނަކީ ވެސް ބަންގްލަދޭޝަންގެ ފިރިހެނުންނެވެ.
ދިގުރަށު އަލިފާން: މާލެ ގެނެއި 2 މީހުންނަށް ފަރުވާ ދެނީ ވެންޓިޓޭރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ