ގާޒާއަށް ވެލީގެ ވަރުގަދަ ތޫފާނެއް، ހާލުގައި ޖެހިފައިވާ މީހުން އިތުރަށް ހާލުގައި ޖެހިއްޖެ

ފަލަސްތީންގެ ގާޒާއަށް ވެލީގެ ވަރުގަދަ ތޫފާނެއް އަރައިފި އެވެ.
ގާޒާއަށް އިއްޔެ އެރި ތޫފާނުގެ ސަބަބުން މިހާރުވެސް ފޭލިގެތަކުގައި ދިރިއުޅޭ އާންމުންގެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ.
އެގޮތުން ބާރު ވަޔާއި ހިރަފުހުގެ ސަބަބުން ބައެއް ފޭލިގެތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު, ނޭވާލާން އުނދަގޫވުމާއި ސިއްހީ އެހެނިހެން މައްސަލަތައް އިތުރުވުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ މީހުންނަށް އޮތް ނުރައްކާ ވަނީ ބޮޑުވެފަ އެވެ.
ގާޒާއަށް ވެލީގެ ވަރުގަދަ ތޫފާނެއް އެރި އިރު, އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީންގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެން މަޖުބޫރުވެފައިވަނީ ފޭލިގެތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ