ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލާއެކު، އަލަށް އެކުލަވާލެވުނު ކެބިނެޓްގެ މެމްބަރުކަމުގެ ހުވާކުރެއްވި 14 މިނިސްޓަރުންނަށް ރުހުންދޭން ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
އެޕްރީލް 14 އަދި 15 ވަނަދުވަހު ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރޭގައި، ކެބިނެޓް މެމްބަރުންގެ އަދަދު 20 އިން 15 އަށް މަދުކޮށް، މުޅިން އަލަށް 5 މިނިސްޓަރަކު އައްޔަނުކުރެވުނެވެ. އަދި 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއެވެ. މީގެ އިތުރުން، މިނިސްޓްރީ ތަކަށް ގެންނެވުނު ބަދަލުތަކާއެކު، ކުރިންވެސް ކެބިނެޓްގައި ހިމެނިވަޑައިގަތް 9 މިނިސްޓަރަކު، އަލުން ހުވާކުރެއްވިއެވެ.
ކެބިނެޓަށް ގެންނެވި ބަދަލަތުކާއެކު، ހުވާކުރެއްވި މިނިސްޓަރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނިއްވީ އެޕްރީލް 20 ވަނަދުވަހުއެވެ.
ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވިނަމަވެސް 14 މިނިސްޓަރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި ހުރިހާ މިނިސްޓަރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ