ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ގައުމީ ފެންވަރުގެ ހަމައެކަނި އެވޯޑު ކަމަށްވާ، "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް"ގެ މި އަހަރުގެ ވަނަވަނައަށް ދިޔަ ފަރާތްތައް އިިއުލާނުކޮށްފިއެވެ. ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)އިން ހުށަހަޅައިދިން މި އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ނިވާ ކުރުނބާ މޯލްޑިވްސްގައެވެ. މިއީ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވި ތިންވަނަ ފަހަރެވެ. ހޮޓެލިއާ މޯލްޑިވްސްއިން ބުނީ، މި އެވޯޑަކީ ރިސޯޓުތަކުގެ މުވައްޒަފުންގެ ހުނަރާއި އެ ފަރާތްތަކުން ދާއިރާއަށް ކުރާ ޚިދުމަތްތައް ފާހަގަކުރުމަށް ރާއްޖޭގައި ދެވޭ ހަމައެކަނި އެވޯޑު ކަމަށާއި، މި އަހަރުގެ ރަސްމިއްޔާތުގައި ރިސޯޓު ހިންގުމާއި މެހުމާނުންނަށް ޚިދުމަތް ދިނުމާއި އިސް މަގާމުތަކާއި ދެމެހެއްޓެނިވި ތަރައްގީ، އަދި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށްފައިވާ ކަމަށެވެ. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ވަކިވަކި ވަނަވަނައަށް ދިޔަ ފަރާތްތައް: ވެލްނެސް ޕާސަނަލިޓީ: މަޔޫރީ ޚަމްނޮންމުއަންގް - ސެންޓާރާ މިރާޖް ލެގޫން އެންޑް ގްރޭންޑް ލެގޫން މޯލްޑިވްސް ކޮންސިއާޖް/ގެސްޓް ސާވިސަސް ޕާސަނަލިޓީ: އާމިނަތު މަލްސާ ޝިޔާމް - ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ހައުސްކީޕާ - އަޙްމަދު ފަޒީން - ވަންއެންޑްއޮންލީ ރީތި ރަށް އައިޓީ ޕާސަނަލިޓީ: ޢަބްދުލްކާދެރް އަންވަރު - ކަނޑިންމަ މޯލްޑިވްސް އިންޖިނިއަރު: ޙުސައިން ޙަމީދު - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް ލޭންޑްސްކޭޕަރު: ޢަބްދުﷲ އިބްރާހީމް - ސަން ސިޔާމް އޮޅުވެލި ސެކިއުރިޓީ އޮފިސަރު: ޔަޢުޤޫބް އިސްޙާޤް، އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި އަދި އޯބްލޫ ސެލެކްޓް ލޯބިގިލި އެޗްއާރް އެންޑް ޓްރެއިނިން ޕާސަނަލިޓީ: މުޙައްމަދު ޙުސައިން ޝިހާބް، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް އޭވިއޭޓަރު: ޝަޒީން މަންސޫރު - މަންޓާ އެއާ މެރިނާ: ޢަބްދުލްމުހައިމިން އާދަމް - އަލީލާ ކޮތައިފަރު މޯލްޑިވްސް ޕްރޮކިއުމަންޓް ޕާސަނަލިޓީ: ޢަލީ ޝަރީފް - އަންގްސާނާ ވެލާވަރު ފައިނޭންސް ޕާސަނަލިޓީ: މަޙްމޫދު މަތަރު - ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ސޭލްސް ޕާސަނަލިޓީ: ޠާއިފް އަޙްމަދު، އަވާނީ ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓް މާކެޓަރު: ކޭނަން ކަރަބަގްލީ - ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ޕީއާރް އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ: ދުއިގޫ ތަރުތާ - ޖޯލި މޯލްޑިވްސް އަދި ޖޯލި ބީންގް ޝެފް އަދި ބީބީއެމް ޗެއާމަންގެ ޚާއްސަ އެވޯޑު: ކްރިސްޓިއަން ކްރިސްޓޮފާ ޕެޑާސަން - ދަ ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް އެފްއެންޑްބީ ޕާސަނަލިޓީ: އަޔާޒް މުޙައްމަދު - ވަންއެންޑްއޮންލީ ރީތި ރަށް ވޯޓަސްޕޯޓްސް ޕާސަނަލިޓީ: ޒައިދު އަޙްމަދު - ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ޑައިވިން ޕާސަނަލިޓީ: މުޙައްމަދު އަރުޒާން - ވިލާ ނޯޓިކާ އެއާޕޯޓް ރެޕްރެޒެންޓޭޓިވް: މުޙައްމަދު މިހާދު - އަމިއްލަ މޯލްޑިވްސް ޒުވާން ހޮޓެލިއާ: އާމިނަތު ނުސްޙާ ޙަސަން - ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓް މެނޭޖަރު: ޙަސަން ސަޢީދު، ނިވާ ދިގަލި މޯލްޑިވްސް ޖެނެރަލް މެނޭޖަރު: ޓީޖޭ ޖޫލަކް - ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ޓީމުތަކަށް ދެވުނު އެވޯޑުތައް: ހޮޓެލް ޓީމް: ޖޯލި މޯލްޑިވްސް ތަމްރީނާއި ތަރައްގީގެ ޕްރޮގްރާމު: ވީއީޓީ ބައި އީއެޗްއެލް ޕްރޮގްރާމް، ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސް ސީއެސްއާރު ޕްރޮގްރާމް: ފުށިފަރު މޯލްޑިވްސް އަދި މެއްޔަފުށި މޯލްޑިވްސް ސަސްޓެއިނަބިލިޓީ ޗެމްޕިއަން: ކޮކޯ ޕާމް ދުނިކޮޅު ސޭލްސް އެންޑް މާކެޓިން ޓީމް: އެއިޓްކެން ސްޕެންސް ހޮޓެލްސް، މޯލްޑިވްސް ރޫމްސް ޑިވިޝަން ޓީމް: އެސްއޯ/ މޯލްޑިވްސް އެޗްއާރް އެންޑް ޓްރެއިނިން ޓީމް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އިންޖިނިއަރިން ޓީމް: ސިކްސް ސެންސަސް ކަނުހުރާ ފައިނޭންސް ޓީމް: އޯޒެން ލައިފް މާދޫ އެފްއެންޑްބީ އަދި ކަލިނަރީ ޓީމް: ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ވެލްނެސް ޓީމް: އޯޒެން ރިޒާވް ބޮލިފުށި ސަޕޯޓް ޓީމް: ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ޓައިޓަލް ސްޕޮންސަރަކީ ބެސްޓްބައި ބީބީއެމެވެ. މި އެވޯޑްގެ އެހެނިހެން ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭ ހިމެނެނީ: ޕްލެޓިނަމް ސްޕޮންސަރުންގެ ތެރޭ ހިމެނޭ ދިރާގު، އެސްޓީއޯ އެނާޖީ، އެމްއޭސީއެލް ބޭންކިން ޕާޓްނަރު ގައުމީ ބޭންކު ބީއެމްއެލް ބެވަރޭޖް ޕާޓްނަރު އެމްއޭޑަބްލިއުސީ އެސޯސިއޭޓް ސްޕޮންސަރުންގެ ތެރޭ ހިމެނޭ އެލިއާ، މެޓަލް ސައިންސް ޓްރާންސްޕޯޓް ޕާޓްނަރު ސުވެނިއާ މެރިން އެވެ އޮގަނައިޒިން ޕާޓްނަރު ސްޓޯމް އިވެންޓްސް އެސޯސިއޭޓް ޕާޓްނަރުންގެ ތެރޭ ހިމެނޭ ސެޝަން ބައި އޫފީ، ލައިޓްސްއައުޓް ސްޓޫޑިއޯސް، ބްލޫ އެންޑް ވައިޓް، މޯލްޑިވްސް އިންސައިޑާ ބްރޯޑްކާސްޓް ޕާޓްނަރު މޯލްޑިވްސް ޓީވީ ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު ޢަލީ ނާފިޛް ވިދާޅުވީ، މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމުގައި ރެޔާއި ދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެއް ކަމަށެވެ. "ދެހާސް ސައްބީސް ވަނަ އަހަރުގެ އެވޯޑް ހާސިލްކުރި ފަރާތްތަކުން ހާމަވެގެންދަނީ ރާއްޖޭގެ ރިސޯޓްތަކާއި މެހެމާންދާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރުވެރިކަމާއި، ސާބިތުކަމާއި، އަދި އެބޭފުޅުންގެ މަސައްކަތުގައި ހުރި ފަންނީ ފެންވަރު،" އޭނާ ވިދާޅުވިއެވެ. ހޮޓެލިއާ މޯލްޑިވްސްއިން އަންނަ އަހަރުގެ އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅު ހުޅުވައިލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ