މިދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާތީވެ، ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް އަތޮޅުތެރެ އާއި މާލޭގައި ވެސް ބަލިތައް ވަނީ އިތުރުވެފައިވާ ކަމަށާއި، އެގޮތުން އިފުލުއެންޒާ އާއި، ޑެންގީ ހުމާއި އަދި އަރިދަފުސް ރޯގާ ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް ޖުމްލަ 2،183 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެހާތަނަށް ރިޕޯޓުކޮށްފައިވަނީ އެންމެ 374 ކޭސް އެވެ. އެންމެ ގިނައިން ޑެންގީގެ ކޭސްތައް ރިޕޯޓުކުރަމުންދަނީ އަތޮޅުތެރެއިންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އަތޮޅުތެރެއިން 1813 މީހަކަށް މި ހުން ޖެހިފައިވެ އެވެ. އަދި މާލެއިން 370 މީހަކަށް މި ހުން ޖެހިފައިވެ އެވެ.
އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ