ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް އެކްސްޕޯޓް ކުރަން އުޅެފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް
ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް އެކްސްޕޯޓް ކުރަން އުޅެފި ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައި، ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙުމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، މަސްވެރިކަމުގެ ގާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމެވެ. މި ބިލުގެ ދަށުން މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާގުޅޭ އުސޫލުތައް މުރާޖައާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް ވަނީ ހުށަހަޅާފައެވެ. ވަކިން ޚާއްސަކޮށް ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށްތަކަށް ދެވޭނެ ބޮޑެތި ޖޫރިމަނާތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. https://sun.mv/220918 ބިލުގައިވާ ގޮތުން ކުށެއް ކުރި އުޅަނދުގެ މާސްޓަރުންނާއި، ވެރިފަރާތް އަދި އޮޕޭޓަރުން ވަކިވަކިން 400,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މީގެ އިތުރުން އެހެނިހެން ބޮޑެތި ކުށްތަކަށް 200,000 ރުފިޔާއިން ފެށިގެން ގޮސް ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ބަޔާންކޮށްފައިވެއެވެ. މިހާރު ގާނޫނުގައި އޮންނަނީ، އެފަދަ ކުށެއް ކޮށްފި ނަމަ ދެ މިލިއަނަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ. މަސްވެރި އުޅަނދެއް: ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް އެކްސްޕޯޓް ކުރަން އުޅެފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް ވަނީ މަޖިލީހަށް ހުށަހަޅައިފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް އެ ބިލުގައި ވސަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުމާއި، އެފަދަ މަހުގެ ބާވަތްތައް ހިފުމާއި އެކްސްޕޯޓް ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަމަށް 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. އަދި މަސްވެރިކަމުގެ ވަސީލަތްތަކަށް ގެއްލުން ދިނުމަކީވެސް މަނާކަމެއް ކަމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ 200,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. https://sun.mv/220915 ގާނޫނީ ޝަހްސުތަކުން ނުވަތަ ކުންފުނި ފަދަ ތަންތަނުން ކުރާ ކުށްތަކާ ގުޅޭގޮތުން، އެފަދަ ތަނެއްގެ ޑިރެކްޓަރެއް ނުވަތަ އިސްވެރިއެއްގެ ރުހުމާއެކު ކުރާ ކަންކަމުގައި، އެ މީހަކާއި އެ ޝަހްސެއްވެސް ކުށަށް ޒިންމާވާންޖެހޭނެ ކަމަށް ބިލުގައިވެއެވެ. މިފަދަ ހާލަތްތަކުގައި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 100,000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މެމްބަރު އަލްސަން ވިދާޅުވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ގާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެ އެވެ. https://sun.mv/220909 މިއީ ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މި ބިލުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި އެ ކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައްވެސް ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ