ޔޫރަޕިއަން ސްޕޭސް އެޖެންސީއަށް ސައިބާ ހަމަލާއެއްދީ ގިނަ އަދަދެއްގެ މައުލޫމާތު ވަގަށް ނަގައިފި

ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގެ ސިސްޓަމްތަކަށް ހެކަރުން ދިން ވަރުގަދަ ސައިބަރ ހަމަލާތަކެއްގައި، އެ އެޖެންސީގެ އެތައް ސަތޭކަ ގިގަބައިޓެއްގެ ނާޒުކު މައުލޫމާތު ވަގަށް ނަގައިފިއެވެ. މި ހަމަލާގައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ސައިންޓިފިކް ޑޭޓާ، ސޮފްޓްވެއާ، ސެކިއުރިޓީ ކްރެޑެންޝަލްސް އަދި މިޝަންތަކާ ގުޅޭ މުހިންމު ލިޔެކިޔުންތައް ހިމެނެއެވެ. މީގެ އިތުރުން ޖައްވީ ދާއިރާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ސްޕޭސް އެކްސް، އެއާބަސް އަދި ތޭލްސް އެލީނިއާ ސްޕޭސް އާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ވެސް ލީކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން އީ.އެސް.އޭ އިން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި --- ސްޕޭސް ޑޮޓް ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ފުރަތަމަ މައުލޫމާތު ފެންމަތިވީ މިދިޔަ ޑިސެމްބަރު މަހުގެ ބޮކްސިންގް ޑޭ ގައެވެ. އެ ދުވަހު "888" ގެ ނަމުން ނަންދީފައިވާ ހެކަރަކު ވަނީ 200 ގިގަބައިޓަށް ވުރެ ގިނަ މައުލޫމާތު އާންމުކޮށްފައެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން "ސްކެޓާޑް ލެޕްސަސް ހަންޓާސް" ކިޔާ ގްރޫޕަކުން ވަނީ އިތުރު 500 ގިގަބައިޓުގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނެފައެވެ. އެ ގްރޫޕުން ބުނާ ގޮތުގައި އީ.އެސް.އޭ ގެ ސިސްޓަމްތަކުގައި ހުރި ސެކިއުރިޓީ މައްސަލަތައް އަދިވެސް ހުރީ ރަނގަޅު ނުކޮށެވެ. މި ހާދިސާއާ ގުޅިގެން އީ.އެސް.އޭ އިން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. ސައިބާ ސެކިއުރިޓީ މާހިރުން ބުނާ ގޮތުގައި މިފަދަ ހަމަލާތައް ދިނުމަށް ހެކަރުން ބޭނުންކުރަނީ ސިސްޓަމްތަކުގެ ރައްކާތެރިކަން ކުޑަވުމުގެ ފައިދާއާއި، މައުލޫމާތު ވަގަށް ނަގާ "އިންފޯސްޓީލާ މެލްވެއާ" އެވެ. މި ހަމަލާގެ ސަބަބުން ވަގުތުން ކުރިމަތިވާނެ ނުރައްކަލެއް ނެތް ނަމަވެސް، ވަގަށް ނަގާފައިވާ މައުލޫމާތުތަކުގެ އެހީގައި ކުރިމަގުގައި އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު އޮތުމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ. ފަހަކަށް އައިސް ނާސާ އާއި އީ.އެސް.އޭ ފަދަ ޖައްވީ އިދާރާތަކަށް ދޭ ސައިބާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ޖައްވީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި އިދާރާތަކުން އެ ފަރާތްތަކުގެ ސައިބާ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ