އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަނުން ކުރިއަށްގެންދާ ރޯދަސޭލް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ އިއްޔެ މި ޕްރޮމޯޝަންތްކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި
ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި
މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.
އެސްޓީއޯއިން މިފަހަރުގެ ރޯދަސޭލް ކުރިއަށްދަނީ، ވެލިގާ ހާޑްވެއަރ އާއި ގުޅިގެންނެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް
ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާގައެވެ. ޕްރޮމޯޝަން ފައްޓަވައިދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. މި ހަފްލާގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް
ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ
ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ
ވަޑައިގަތެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަސޭލް ފެށުން.. ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ބުނީ ރޯދަ ސޭލްގައި ޑިސްކައުންޓް ލިބޭނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން
ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކަށް ކަމަށެވެ. އެގޮތުން ނިޕޯން
ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް
ލިބިގެންދާނެއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަސޭލް ފެށުން.. ފޮޓޯ: އެސްޓީއޯ
އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާއި ހަމައަށް
ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހަރޑްވެއަރ
އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ
ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން އެ އުފެއްދުންތަކުން ކުރާ
ވިޔަފާރި ތަކުން ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަން ތަކުން
ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ
ހުށަހެޅިފައެވެ. އެއް ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ ގެ ވައުޗަރެއް ހުށަހެޅިފައިވާއިރު، 2
ވަނައަށް ހޮވޭ ފަރާތަކަށް 20،000ރ ގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް،
ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިގެން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ