ދިރާގުގެ ރޯދަމަހުގެ ޝިއާރަށް އާއިލީ ގުޅުން އިސްކޮށް ހާއްސަ ޕްރޮމޯޝަންތަކެއް

"އާއިލީ ގުޅުން" އިސްކުރުމުގެ މުހިންމު ޝިއާރާއެކު، މި ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަ ކޮށްގެން ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ފަށައިފި އެވެ.ދިރާގުން މިއަހަރުގެ ރޯދައަށް ހާއްސަ އޮފާތައް ތައާރަފްކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ތައާރަފްކުރި އޮފާތަކަކީ:ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު: ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ. އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާ ރޭގަނޑު 09:00 އިން ދަންވަރު 01:00އާ ދެމެދު ބޭނުންކުރެވޭނެ.ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް: ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 01:00 އިން ފަތިހު 4:00 އަށް 1 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބިގެންދާނެ.ދިރާގު ލިމިޓެއް ނެތް ފައިބަރ އަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި، މިހާރު ވެސް ދައްކަމުންދާ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ. އަދި 2 މަސް ދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ.ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން: 30ޖީބީއާ ހަމައަށް އާއިލާގެ 4 މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ.ފުޑީސް ވައުޗަރ ހަދިޔާކުރުން: ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ.ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ.ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭއިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއަރ ބާސްކެޓް ހަދިޔާކުރެވޭނެ. ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ.ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ.ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ދިރާގަކީ އަބަދު ވެސް ދިވެހިރާއްޖޭގެ ގުޅުމަށް ވާއިރު، އެ ކުންފުނިން އަންނަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ."މި ރަމަލޯން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން،" އޭނާ ވިދާޅުވި އެވެ."މި ގުޅުންތަކަށް އިސްކަންދީ މި ރޯދަމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަލޯން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން."ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ