ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުޤައްޔޫމްގެ ބޭބޭފުޅު މަމްނޫން އަބްދުލްޤައްޔޫމް މިރޭ އަވަހާރަވެއްޖެ އެވެ.
މީގެ އަހަރުތަކެއް ކުރީން ކުރިމަތިވި ސިއްހީ މައްސަލައަކަށް މަމްނޫން, ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ. މިރޭ ކުއްލި ގޮތަކަށް އަވަހާރަވީއިރު މިއަދުވެސް ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދެވި ކަމަށް އެނގިފައިވެ އެވެ.
މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް މިރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
ރައީސް މައުމޫންގެ ކޮއްކޯފުޅު މަމްނޫން އަބްދުލްޤައްޔޫމް އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ