ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ.
އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވީ އިއްޔެގެ އަސުރުނަމާދު ވަގުތުގައެވެ.
ސަރުކާރުން، އަމިއްލަ ފަރާތަކާއި ހަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްޤީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ.
މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަޙައްދުތައް ބަލައްވާލައްވާފައެވެ.
ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްގީ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެގޮތުން އެކި ރަށްރަށުގައި ބިނާ ކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާއި ދިމާކޮށްވެސް ވަނީ ހުޅުވާފައެވެ.
ރައީސް ބަރުބަރީ މިސްކިތް ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ