ހައިވޭ އެކްސިޑެންޓު: މަރުވީ 50 އަހަރުގެ އިންޑިއާ މީހެއް
ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓު ކައިރިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ، 50 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ. https://sun.mv/221949 އެގޮތުން، މި އެކްސިޑެންޓުގައި މަރުވެފައި ވަނީ، އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ