ދިވެހިންގެ ރާއްޖެ ހޯދައިދޭނެކަމަށް ބުނި އެންމެނަށް ރައްޔިތުން އާނބަސް ބުނެފައިވާކަމަށާއި ދިވެހިންވަނީ ދިވެހީންގެރާއްޖެއަށް ސާފު އަގުލަބިއްޔަތު ދީފައިކަމަށް ހިންނަވަރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަބްދުލް ރަހްމާން ވިދާޅުވެއްޖެއެވެ.
20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު ވަނީ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުން ބަލައިގަނެފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ހިންނަވަަރުގެ ރައްޔިތުންވެސް ވަނީ ދިވެހިންގެ ރާއްޖެއަށް އާނބަސް ބުނެފައިވާކަމަށާއި ރައްޔިތުންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށްވެސް އާނބަސް ބުނެފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހިންނަވަރު ރައްޔިތުން އާނބަސް ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރު ހިންގުމަށްޓަކައިކަމަށެވެ.
މުހައްމަދު ވިދާޅުވީ، އޭނާއަކީ ދިވެހިންގެ ރާއްޖޭގެ ސިޔާސަތުތަކާއިއެކު ރައްޔިތުންގެ ކުރިމައްޗަށް ނުކުތް މީހެއްކަން ހަނދުމަކޮށް އަރުއްވާކަމަށާއި އޭނާއަކީ ރައްޔިތުން ރުހުން ދީފައިވާ ސަރުކާރު ހަލުވި ދުވެއްޔެއްގައި ހިންގުމަށްޓަކައި ރައްޔިތުން އިންތިހާބުކުރިމ މީހެއްކަމަށްވެސް ހިއްސާކުރެއްވިއެވެ. މުހައްމަދު ވިދާޅުވީ، އޭނާއަކީ މަޖިލީހުގެ ތަޅުމުގައި ހިންނަވަރުގެ ހުރިހާ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރައްވާނެ މީހެއްކަމަށާއި ރަށާއި ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ ގާތުގައި ދެއްވި ވާހަކަތައް ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށާއި ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތަކުގައި ކޮޅުފައިންޖަހާނެ މީހެއްކަމަށް ނުވާނެކަމަށެވެ. އަދި ސަރުކާރު ހިންގުމަށްޓަކައި ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރިވާ މީހަކަށްވެސް ނުވާނެކަމަށްވެސް ހިއްސާކުރެއްވިއެވެ.
ރައްޔިތުން ހަވާލުކުރި އަމާނާތަށް ހިޔާނާތެއް ނުވާނަން: ހިންނަވަރުގެ އިންތިހާބީ މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ