ރާއްޖޭގެ ޙައްޖު މިޝަނުން ސަޢުދީ ޙައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓާގައެވެ. މިބައްދަލުކުރެއްވުމުގައި މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ސަޢުދީން ދިވެހި ސަރުކާރާއި ބަހައްޓަވާ ގާތްކަމާއި ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރައްވަން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މިހާރު ހުރި ބައެއް ކަންކަން އިތުރަށް ރަނގަޅުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ