ބޯނުލަނބާތީ ލައްކަ އަނިޔާ އެބަ ކުރޭ: އިބްރާހިމް އިސްމާއީލް

ކަންކަމަށް ބޯނުލަނބާތީ ލައްކަ އަނިޔާ އެބަ ލިބޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބުރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށާއި އެކަމުގެ ސަބަބަކީ ބޯ ނުލެނބުން ކަމަށެވެ. އެހެން ނަމަވެސް ދަތިތައް ކުރިމަތިވި ނަމަވެސް ހުންނަވާނީ އެގޮތުގައި ކަމަށް އިބުރާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރުވެސް ކުރިމަތިވި ދައްޗަކީ ހަމަ ބޯނުލެނބުން ކަމަށް އިބުރާ ވިދާޅުވިއެވެ.
Advertisement
"ލައްކަ އަނިޔާ އެބަ ކުރެތެވެ. އެކަމަކުވެސް ހެވެވެ. މައުމޫން އިރުގައިވެސް މަށަށް ކުރިމަތިވާ ކަމަކީ ބޯނުލެނބުމެވެ" 
އިބުރާ ކުރެއްވި ޓުވީޓުގައުި ވިދާޅުވިއެވެ.
އެއީ ކޮން ސަބަބަކާ ކުރެއްވި ޓުވީޓެއްކަމެއް ނުވަތަ ކުރިމަތިވެފައިވާ ދައްޗަކީ ކޮބައިކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ މި ސަރުކާރަށް ވިދާޅުވި ބަސްފުޅެކެވެ.
މި ސަރުކާރުން އޭނާއަށް އިންސާފު ނުހޯދާދޭ ކަމަށް ބުނެ މީގެ ކުރިންވެސް އިބުރާ ވާހަކަ ދައްކަވާފައި އެބަހުއްޓެވެ.
އިބުރާއަކީ ރައީސް ޞާލިހް ސަރުކާރުގެ ބަރުގަދަ މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ބޭބެއެވެ. ސިޔާސީ ފިކުރު ތަފާތުވެ ދެބެއިން ދެމެދުގައި ޓުވިޓާރ ގައިވެސް ވަނީ ބަހުގެ ހަމަލާ ބަދަލުކޮށްފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ