މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ޑިވިޑެންޓްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ މީރުމާ އިވެންޓް ހޯލްގައެވެ.
އެމްޕީއެލްއަށް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %15 ގެ ކުރިއެރުމެވެ. ސާފު ފައިދާގެ ގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2021 އަޅާބަލާއިރު %43 ގެ ކުރިއެރުމެކެވެ.
އަހަރީ ޢާންމު ޖަލްސާގައި ސަރުކާރަށް ޑިވިޑަންޑްގ ގޮތުގައި 67.5 މިލިއަން ރުފިޔާ ދއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %78 ގެ ކުރިއެރުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީ.އީ.އޯ ވަނީ 2022 ވަނަ އަހަރު ކުންފުނިން ހާސިލްކުރި މުހިންމު ލަނޑުދަނޑިތައް ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރަކީ އޮޕަރޭޝަންސް އާއި މާލީ ގޮތުން ވެސް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވިއެވެ.
"މި ނިމިގެންދިޔައަ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑްގައި ހުރި މިންވަރަށް އަރައިފަ. އަދި މި އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގ ޕާފޯމަންސް ޕްރީ-ކޮވިޑަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ" ޝާހިދު ވިދާޅުވި އެވެ.
މި ޖަލްސާގައި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ރިޕޯޓާއި އޮޑިޓްކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. މި ޖަލްސާގައި މިއަހަރަށް އެ ކުންފުނީގ އކްސްޓަރނަލް އޮޑިޓަރ އައްޔަންކޮށްފައިވަނީ ކޭޕީއެމްޖީއެވެ.
އެމްޕީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެހެންކަމުން މި ކުންފުނީގައި ހިއްސާދާރެއްގެ ގޮތުގައި އޮންނަނީ ހަމައެކަނި ސަރުކާރެވެ. އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފިނޭންސް މިނިސްޓްރީ ތަމްސީލްކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރެވެ. މީގެއިތުރުން ޕްރައިވަޓައިޒޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ ވައިސް ޕްރެޒިޑަންޓް މުޙައްމަދު ފިރާޒާއި އޮޑިޓަރ ޖެނެރަލްގ އޮފީހާއި އެމްޕީއެލްގެ އޮޑިޓަރ ކޭޕީއެމްޖީގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
އެމްޕީއެލްގެ ފައިދާއިން ސަރުކާރަށް 67.5 މިލިއަން ރުފިޔާގެ ޑިވިޑެންޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ