ޒިޔާ މަޖިލީހުން ވަކިކޮށްފި

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ދެންމެ ވިދާޅުވި ގޮތުގައި ޒިޔާ އެ މަގާމުން ވަކިކުރީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން މިއަދު ވަކި ކޮށްފި އެވެ.
އެކަން މަޖިލީހުގެ އިދާރާ އިން ވަނީ "މިރާ" އަށް ޔަގީން ކޮށްދީފަ އެވެ. މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ދެންމެ ވިދާޅުވި ގޮތުގައި ޒިޔާ އެ މަގާމުން ވަކިކުރީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުންނެވެ.މަގާމުން ވަކިކުރުމާއި ގުޅިގެން ޒިޔާ މިހާރު ވަނީ މަޖިލީހުގެ އިދާރީ ގުރޫޕްތަކުން ވެސް ބޭރުކޮށްފަ އެވެ. މަޖިލީހުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ނޫސްވެރީންނާ އެކު މަޖިލީހުގެ އިދާރާ އިން ހަދާފައިވާ ވަޓްސްއަޕް ގުރޫޕް ގައި މިއަދު ހެނދުނު ވެސް ޒިޔާއު މެސެޖެއް ހިއްސާ ކުރި އެވެ. އެއީ މިއަދު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ޕްރެސް ކޮންފަރެންސް އެއް ތާވަލު ކޮށްފައިވާތީ އެ މައުލޫމާތެވެ.ޒިޔާއު މަޖިލީހުގެ އިދާރާ ގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އޭނާ އަކީ ޓީވީ ހުށައެޅުންތެރިއެއްގެ ގޮތުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބޭފުޅެކެވެ. ހަބަރު ކިޔުމާއި ޓީވީ ޕްރަގްރާމްތައް އޭނާ ވަނީ ހުށައަޅާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ