ނަމާދު ނުކުރާ މައިންބަފައިންގެ މައްޗަށް އެމީހުންގެ ދަރިން ކުރާ ހެޔޮ ދުޢާ ޢިޖާބަ ކުރައްވަވާނެތޯ؟

ނަމާދު ނުކުރާ މައިންބަފައިންގެ މައްޗަށް އެމީހުންގެ ދަރިން ކުރާ ހެޔޮ ދުޢާ ޢިޖާބަ ކުރައްވަވާނެތޯ؟ 
ޖަވާބު: 
މިހާރު ދުނިޔަވީ ކަންތައްތަކުގަ ޢިޖާބަ ވެދާނެ. އެކަމަކު އުޚުރަވީ އެއްވެސް ކަމެއްގަ ޢިޖާބައެއް ނުވާނެ. އުޚުރަވީ ކަމެކޭ މިބުނަނީ މިހާރު މިސާލަކަށް އެމީހުން ﷲ އަށް ނަމާދު ނުކުރޭ އެއްގޮތަކަށްވެސް. ނަމާދު ނުކޮށް މަރުވެގެންދިޔައީ. ދަރިފުޅު ދުޢާކުރަނީ " އޭ ﷲ އޭ، އޭނާ ފާފަ ފުއްސަވާ، އޭނާ ސުވަރުގެ ވައްދަވާށިއޭ" އެހެނެއް ނުވާނެ. 
ނަމާދު ނުކުރާމީހަކު ﷲ ސުވަރުގެއަކަށް ނުވައްދަވާނެ. އޭނާ އޮތީ ނަރަކައިގަ. ނަރަކައަށް ވައްދާލެވޭ ޖަމާޢަތާ ފުރަތަމަ ކުރެވޭ ސުވާލުގަވެސް މި އިންނަނީ --- " ތިޔަބައިމީހުން މި ނަރަކައަށް ވަންނަން މިޖެހުނީ ކޮން ސަބަބަކާ ހުރެހެއްޔެވެ." ފުރަތަމަ ޖަވާބަކަށް މި އޮތީ
"ތިމަންނަމެން ނަމާދު ނުކުރާ ބައެއްގެ ގޮތުގައި ވީމައެވެ." 
އެހެންމަ ނަމާދު ނުކުރާ ބަޔަކު ސުވަރުގެއަކަށް ނުވަންނާނެ. ނަރަކައިގަ އެމީހުން ތިބީ. އެހެންމަ އެމީހުންނަށް އެ ސުވަރުގެ ވެއްދެވުމަށް އެދި ކުރާ ދުޢާއަކު ފައިދާއެއް ނެތް. އެކަހަލަ ދުޢާތަކަކުން ފައިދާއެއް ނުކުރާނެ! 
ހަމައެފަދައިން މިހާރު މިސާލަކަށް ނަމާދު ނުކުރާ މީހުން އެމީހުން ނަމާދު ނުކޮށް ދިޔައީ. ދަރިފުޅަށް އިނގޭ ނަމާދު ނުކުރާކަން، އެފާފައެއް ނުފުހެވޭނެ. އެ ފާފަ ފުއްސެވުމަށް އެދި މިސާލަކަށް މި ދުޢާކުރަނީ. އެގޮތަށް އެޔަކުން ނުކުރާނެ ފައިދާއެއް. ޝިރުކުގެ މަތީގަ މަރުވީ މިސާލަކަށް ދެމީހުން. އެދެމީހުންނަށް ފާފަ ފުއްސެވުމަށް އެދި ކިތަންމެވަރަށް ދުޢާކުރިއަސް އެ ދުޢާގެ ފައިދާއެއް ނުކުރާނެ. 
އެކަމަކު ދުނިޔަވީގޮތުން، ދުނިޔޭގަ އެމީހުން ތިބި އިރުގަ އެމީހުންނަށް ކުރާ ދުޢާގަ ފައިދާ ކުރާނެ ދަރިފުޅު. އެމީހުންނަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރޭ. އެމީހުންގެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރޭ ދުނިޔޭގަ އެމީހުން ތިއްބާ. އޭރަށް އޭގަ ފައިދާ ކުރާނެ. އޭރަށް އެމީހުންނަށް ﷲ ހިދާޔަތް ދައްކަވާ އެމީހުންގެ ފާފަތައް ފުއްސަވައިދިނުން އެކަށީގެންވޭ އޭރަށް. 
-- ޝައިޚް މުޙައްމަދު އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ