އައްޑޫ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު ސިނގިރޭޓުތަކެއް އަނެއްކާ ވެސް ހިފަހައްޓައިފި
އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ވިޔަފާރި ބަނދަރުން ވަގަށް އެތެރެކުރަން އުޅެނިކޮށް، ގިނަ އަދަދެެއްގެ ރެޑްބުލް ދަޅުތަކަކާއި ސިނގިރޭޓު ފޮށިތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ. އެ ތަކެތި ހިފެހެއްޓިކަން ކަސްޓަމްސްއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އިތުރު ތަފުސީލެއް އަދި ނުލިބެއެވެ. އެހެންކަމުން ހިފެހެއްޓީ ކިހާ މުދަލެއްކަމާއި މި މައްސަލައިގައި މީހަކު ފުލުހުންނާ ހަވާލުކުރިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއްނޫނެވެ. މީގެ ކުރިން މި އަހަރުގެ އޭޕްރީލް މަހު ވެސް އައްޑޫން ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު ހިފަހައްޓާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުވެ، ވަގު ސިނގިރޭޓު ވިއްކުން ވަނީ އާންމުވެފައެވެ. ހަމައެއާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން، މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން އަތުލައިގެންފައެވެ. އެ ސިނގިރޭޓުތައް އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ފްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ