ޤައުމީ އިންޖިނިއަރިންދުވަސް ފާހަގަކުރުމަށް އެޗްޑީސީން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން
އިން ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި އެޗްޑީސީން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.
އެޗްޑީސީން މިއަދު ވަނީ އިންޖިނިއަރިން ދުވަހާ ގުޅުވައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެ ހަރަކާތްތައް ދައްކާލާފައެވެ.  ކުޑަކުދިންގެ ހަވީރު އޮތީ މިއަދު ހަވީރު މާލޭ އުސްފަސްގަނޑު
ސަރަހައްދުގައެވެ. މި އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން
އިންޖިނިއަރިންގއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ވަނީ ބަހައްޓާފައެވެ.
އެޗްޑީސީގެ މި ސްޓޯލުން ބްރިޖް އަދި ސަރވޭ އާލާތްތައް ދައްކާލުމުގެ އިތުރުން،
ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ. އަދި މީގެ
އިތުރުން، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންގ އާ
ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި
ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ.
ކުޑަކުދިންގެ ހަވީރުގެ އިތުރުން، އިންޖިނޭރުންގެ
ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް
އަމާޒުކޮށްގެން، އެޗްޑީސީގެ ފަރާތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު
ޓުއާރއެއް ކުރިއަށްގެންގޮސްފައެވެ. ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް
ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި މި ޓުއާރގައި އެޗްޑީސީން
ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެ
މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދީފައެވެ.
އެޗްޑީސީން ބުނީ މި ޓުއަރގެ މައިގަނޑު މަގްސަދަކީ
އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިންގ ދާއިރާގެ
މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި
ދާއިރާއަށް އަހުލުވެރިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ