އެސްޓީއޯއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިސާގެ ގޮތުގައި 604 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމު ކުރި ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.  
އެސްޓީއޯއިން ހާމަކުރި ގޮތުގައި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. 
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށާއި ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް ޕަސެންޓު އިތުރުވެފައި ކަމަށް އެސްޓީއޯއިން ބުންޏެވެ. 
"އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައި. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި ފަސް އިންސައްތައިގެ ކުރިއެރުމެއް،" އެސްޓީއޯއިން ބުންޏެވެ.
ތިންވަނަ ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކުރެވިފަ އެވެ. 
އެގޮތުން އެސްޓީއޯއިން ބުނީ ޖުމްލަ ހިންގުމުގެ ހަރަދު 367 މިލިއަނުން 358 މިލިއަން ރުފިޔާއަށް ދަށްކުރެވި، ހިންގުމުގެ ފައިދާ 23 ޕަސެންޓަށް އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާ ކަމަށެވެ. 
ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 230 މިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު ޓެކްސްއަށް ކެނޑުމަށްފަހު، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 186 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ ކުއާޓަރާަ އަޅާބަލާއިރު 14 ޕަސަންޓުގެ ކުރިއެރުމެކެވެ.
    
    އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި 604 މިލިއަން ރުފިޔާގެ ފައިދާ އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި 604 މިލިއަން ރުފިޔާގެ ފައިދާ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            