ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ ދުވަހަކުވެސް ކުރަން ފައިދާހުރި ދުޢާތަކުގެ ތެރެއިން މި ލިޔުމުގައި މިބަލައިލަނީ އަލްއަޢްރާފް ސޫރަތުގައި އައިސްފައިވާ ބައެއް ދުޢާތަކަށެވެ. މިއިން ކޮންމެ ދުޢާއަކީވެސް ކުރުން ވަރަށް މުހިންމު ދުޢާއެކެވެ.
· އަޢްރާފް ސޫރަތުގެ 23 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾
މާނައީ: "އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. (23)"
· އަޢްރާފް ސޫރަތުގެ 47 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެެވެ.
رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ ﴿٤٧﴾
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ! (47)"
· އަޢްރާފް ސޫރަތުގެ 126 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦﴾
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ! (126)"
· އަޢްރާފް ސޫރަތުގެ 151 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿١٥١﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. (151)"
· އަޢްރާފް ސޫރަތުގެ 155 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنتَ خَيْرُ الْغَافِرِينَ ﴿١٥٥﴾
މާނައީ: "އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ. (155)"
· އަޢްރާފް ސޫރަތުގެ 156 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
(وَاكْتُبْ لَنَا فِي هَٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ)
މާނައީ: "އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ!"
ކޮންމެ ދުވަހަކު ކުރަން ފައިދާހުރި ދުޢާތަކުގެ ތެރެއިން ބައެއް ދުޢާ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ