ލަންޑަން (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލް އާއި ޗެލްސީ ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ބްރެންޓްފޯޑާ ކުޅެ 3-2 އިން ބަލިިވި ލިވަޕޫލް ވަނީ ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މެޗުން ބަލިވެފަ އެވެ. މި ފަހަރު ލީގަށް ޕްރޮމޯޓްވި ސަންޑަލެންޑް އަތުން ޗެލްސީ ބަލިވީ 3-2 އިންނެވެ. ބްރައިޓަން އަތުން 4-2 އިން މޮޅުވެ، ޔުނައިޓެޑް މި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފަ އެެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބްރެންޓްފޯޑުން ރޭގެ މެޗުގައި ލީޑުނެގީ ފަސް ވަނަ މިނިޓްގައި ޑަންގޯ އުޓާރާ ޖެހި ގޯލުންނެވެ. އަދި، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކެވިން ޝާޑާ ވަނީ ގޯލު ޖަހައި، ބްރެންޓްފޯޑްގެ ލީޑުފުޅާކޮށްދީފަ އެވެ. ލިވަޕޫލްގެ ވާތުބެކް، މިލޯސް ކާކޭޒް ވަނީ ފުރަތަމަ ހާފުގެ އިތުުރު ވަގުތުގައި ގޯލެއް ޖަހައި، އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 60 ވަނަ މިނިޓްގައި އީގޯ ތިއާގޯ ޕެނަލްޓީ އަކުން އަލުން ބްރެންޓްފޯޑަށް ދެ ގޯލެއް ލީޑެއް ހޯދައިިދިނެވެ. މިއީ ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް، އޭރިއާތެރެއިން އުޓާރާ އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. އަލުން މެޗުގެ ތެރެއަށް އަންނަން ކުރި މަސައްކަތުގައި ލިވަޕޫލުގެ ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ.
ސަންޑަލެންޑް ކޮޅަށް ޗެލްސީން ވަނީ ހަތަރު ވަނަ މިނިޓްގައި އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލުން ލީޑުނަގައިފަަ އެވެ. އެކަމަކު، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސަންޑަލެންޑުން 22 ވަަނަ މިނިޓްގައި އެއްވަރުކުރީ ވިލްސަން އިސީޑޯ ޖެހި ގޯލުންނެވެ. އަދި، މެޗުން ސަންޑަލެންޑް މޮޅުކުރި ގޯލު އިތުރު ވަގުތުގެ ތެރޭގައި ޖެހީ، ޗެމްސްޑީން ޓަލްބީ އެވެ.
ފޯމު ރަނގަޅު ކުރަމުން އަންނަ ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ މަޓެއުސް ކޫންޏާ، އާއި ކަސެމީރޯގެ އިިތުރުން މި ފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރަޔާން އެމްބުއޭމޯ ދެ ގޯލެވެ. ބްރައިޓަންގެ ލަނޑުތައް ޖެހީ ޑެނީ ވެލްބެކް އާއި ކަރަމްލަޕޯސް ކޮސްޓޫލަސް އެވެ. މި މެޗުގައި ކޫންޏާ ޖެހި ގޯލަކީ 16 މެޗަށް ފަހު ޖެހި ފުރަތަމަ ލަނޑެވެ. ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލު ވެސް މެ އެވެ.
ރޭގެ ނަތީޖާތަކާ އެކު ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ގާތަށް ދެ ވަނަ އަށް ޖެހިލީ ސަންޑަލެންޑް އެވެ. އާސެނަލަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ސަންޑަލެންޑް ދެ ވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަައިގައި އޮތް މެންޗެސްޓާ ސިޓީ އަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަަނައިގައި އޮތް ބޯންމައުތާއި ހަ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލަށް ވަނީ 15 ޕޮއިންޓް ލިިބިފަ އެވެ. ބޯންމައުތުން އަށް މެޗު ކުޅުނުއިރު، ލިވަޕޫލުން ވަނީ ނުވަ މެޗު ކުޅެފަ އެވެ.
ލިވަޕޫލް އާއި ޗެލްސީ ބަލިވިއިރު، ޔުނައިޓެޑަށް މޮޅެއް ލިވަޕޫލް އާއި ޗެލްސީ ބަލިވިއިރު، ޔުނައިޓެޑަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ