ކީކިމިނީން މިސާލު ނަންގަވައި ޔާމީން: ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް މަސްވެރިކަމުގެ ޒިންމާ އަދާ ނުކުރެވުނު
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއި މަސް ގަންނަން ހަވާލުވެފައިވާ އަމިއްލަ ކުންފުނިތަކަށް ވެސް މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ރޭ ޕީއެންއެފުން ސިލްސިލާކޮށް ބޭއްވި ޖަލްސާގައި ޔާމީން ފާހަގަކުރެއްވީ ރާއްޖޭގައި މަސްވެރިކަން ވަރަށް ރަނގަަޅަށް އޮތް ދުވަސްވަރެއް ދެކެވަޑައިގަތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން މަސް ގަންނަނީ މިފްކޯއަށް ކަަމަށާއި، މަސްވެރިކަމުގައި ސަރުކާރުގެ ޒިންމާއެއް އޮތް ކަމަށް އޭރު ރައްޔިތުން ދެކޭ ކަމަށެވެ. އެހެންނަމަވެސް، މަސްވެރިންނާއި ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވެގެން ފަހުން ރާއްޖެ ޒޯންތަކަކަށް ބަހާލާފައި، އަމިއްލަ ކުންފުނިތަކަށް ދޫކޮށްލަން އޭރު ތިއްބެވި ވަޒީރުންތަކެއް ނިންމެވީ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭރަށް މަސްވެރިން ބާނާ މަސް މިފްކޯއާއި ޕްރައިވެޓް ސެކްޓާއަށް ގަނެވޭނެ ކަމަށް ވަޒީރުން ގަބޫލުކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ. މިފްކޯގެ ބޯޓެއް: ޔާމީން ވިދާޅުވީ، މިފްކޯގައި ހުރި އުޅަނދު އާ ނުކުރެވިގެން އުޅެނީ ވިޔަފާރި ފޯކާސްޓު ކުރާނެ ވެއްޓެއް ނުލިބޭތީ ކަމަށް -- ފޮޓޯ/ މިފްކޯ "ކުރީގައި ވިއްޔާ ޒިންމާއަކީ ސަރުކާރުން [މަސް] ގަތުން. ކާޑު ވެސް ސަރުކާރުން ގެނައުން. އެކަމަކު، ސަރުކާރުން ވެސް ގެނެސް، ޕްރައިވެޓް މީހުން ވެސް ގެނެސް ސަރުކާރުން ވެސް މަސް ގަނެފައި، ޕްރައިވެޓް މީހުން ވެސް މަސް ގަންނަ ކަމަށްވާނަމަ އެއްވެސް މީހެއްގެ ވަކި ވަރެއްގެ ޒިންމާއެއް ނޯވޭ،" ޔާމީން ވިދާޅުވިއެވެ. އެއަށް ފަހު އެ މަނިކުފާނު ފާހަގަކުރެއްވީ، ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް، ށ. ކީކިމިނީގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހިންގަން ހަވާލުކޮށްފައި އޮންނަ ކަމަށެވެ. "އެއީ އޭރު ގާސިމަށް މަސް ގަންނަން ހޫނު ބޮޑުވެގެން [ހެދި ތަނެއް]. އެންމެ ބޮޑަށް މި ކަމުގައި ވަކާލާތު ކުރެއްވި ބޭފުޅެއް ގާސިމް އެއީ. ކީއްވެގެންހޭ ސަރުކާރުން އެކަނި މަސް ގަންނަން ވީ [ވިދާޅުވި]. އެކަމަކު، އެ މީހުންނަށް ލައިސަންސް ދިނުމަށް ފަހުގައި ޒިންމާއެއް އޮތް ކަމަކަށް ނުދެކޭ. އެ މީހުންނަށް ނުގަނެވޭ މަސް ވެސް މި ޖެހެނީ މިފްކޯއިން ގަންނަން،" ޔާމީން ފާޑުވިދާޅުވިއެވެ. އުތުރުގެ މަސްވެރިންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް 2002ގައި ވިލާ ގުރޫޕަށް ދިން ކީކިމިނީން ޚިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ، މަސްވެރިން އާންމުކޮށް ކަންބޮޑުވުން ފާޅުކުރެއެވެ. ޔާމީން ވިދާޅުވީ، މަސް ގަންނަން އަމިއްލަ ކުންފުނިތަކަށް ވެސް ފުރުސަތު ދިނުމުން، މި ދާއިރާއިން އަމިއްލަ ކުންފުނިތައް ކުރިއަރައިގެންދާނެ ކަމެއް ނޭނގި، މިފްކޯއަށް އޮތީ މަސްވެރިކަމުގެ ވިޔަފާރިއަށް އަންނާނެ ބަދަލު ލަފާނުކުރެވި ކަމަށެވެ. އެގޮތަށް ދިރާސާކޮށް، ލަފާކުރަން ސަރުކާރުން ހިތްވަރު ވެސް ނުދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން: ވިދާޅުވީ، މިފްކޯގައި ހުރި އުޅަނދު އާ ނުކުރެވިގެން އުޅެނީ ވިޔަފާރި ފޯކާސްޓު ކުރާނެ ވެއްޓެއް ނުލިބޭތީ ކަމަށް -- ފޮޓޯ/ މޫސާ ނަދީމް "މިއީ ހަމަ އަޅުގަނޑުމެންގެ ވެރިން ހަދާފައި އޮތް ބޮޑު މިސްޓޭކެއް. މިހެން ހެދީމާ މަސްވެރިކަމުގައި ވެސް ސަރުކާރުން ފުރިހަމަ ޒިންމާ ނުނެގިގެން މި އުޅެނީ،" ޔާމީން ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މަސްވެރިކަމުގައި ފުރިހަމަ ޒިންމާ މިފްކޯއިން ނަގަން ޖެހޭ ކަމަށާއި ސަރުކާރުން މަސްވެރިކަމުގައި ކުރިއެރިޔަސް ޕްރައިވެޓް އަމިއްލަ ކުންފުނިތަކަށް "ފައިހަމަ ނުކުރެވުނު" ކަމަށެވެ. އެ ގޮތަށް ކަން ހިނގިއިރު، މިފްކޯއިން ވެސް ''ކަމެއް ނުކޮށް ތިބީ ކަމަށާއި'' އެއީ ވިޔަފާރީގެ މުސްތަގުބަލު އެ ކުންފުންޏަށް ނޭނގޭތީ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެހެންވީމާ ކައްޓާ ޑިޖިޓަލައިޒް ކުރިޔަސް، އެން އެގްރިގޭޓް ކުރިޔަސް، އަމިއްލަ ކުންފުންޏެއް ވިޔަސް ވިޔަފާރީގެ ކުރިމަގު ފޯކާސްޓު ކުރަން ނޭނގޭ ކަމަށް ވަންޏާ އިންވެސްޓެއް ނުކުރާނެ. އެހެންވެފައި މި އޮތީ މިފްކޯއަށް،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިފްކޯއާ ގުޅޭ ވާހަކަތަކެއް ޔާމީން ދެއްކެވިއިރު، މިފްކޯއަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ހާލަތު ދަށްވެ, ދަރަނި އިންތިހާއަށް މަތިވެފައި ވަނީ މާކެޓްގައި ވިއްކޭ އަގަށް ވުރެން ބޮޑު އަގުގައި މަސްވެރިންގެ އަތުން ފައިސާ ގަންނަން ޖެހިފައިވުމާއި ހިންގުމުގެ ދޯދިޔާ ކަންކަމުގެ ސަބަބުންނެވެ. https://www.sun.mv/213287 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާއަށް ހެދުމެވެ. ނަމަވެސް، މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް އިތުރު ކަމަށް ބުނެ މިދިޔަ އަހަރުގެ ޖޫން މަހު މިފްކޯއިން ބަޔާނެއް ނެރުނެެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މަސް ގަންނަން ނިންމައިފައެވެ. https://sun.mv/215282 އެ ނިންމުމާއެކު މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. ނަމަވެސް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މަސް ގަންނަ އެންމެ ކުޑަ އަގަކަށް 16 ރުފިޔާ ހަދަން ނިންމަވައިފާކަން އިއުލާން ކުރައްވައިފައެވެ. އެ ނިންމެވުމާއެކު އަނެއްކާވެސް، މިފްކޯގެ ހިންގުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ