ކުޑަކުދިންތަކަކާ ބެހުމުގެ ތުހުމަތުގައި ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ގ. މާވަނި، ޙުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އޭނާއަކީ މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އިއްޔެ ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ. އޭނާ އިއްޔެ ހައްޔަރުކުރީ ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ. ފުލުހުން ބުނީ، އޭގެ ފަހުން ސަނީ ދޫކޮށްލުމަށްފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ