ޗާޕުކުރާ ފައިސާ ބޭނުންކުރަނީ ނުދެއްކި ހުރި ބިލުތައް ދައްކަން ޗާޕުކުރާ ފައިސާ ބޭނުންކުރަނީ ނުދެއްކި ހުރި ބިލުތައް ދައްކަން

ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން ގަންނަ ޓީބިލުތައް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫހެއްގައި ލިޔެފައިވާ ގޮތުގައި ޕެންޝަން އޮފީހުން ލިބޭ ފައިސާ ބޭނުންކުރާނީ ނުދެއްކި ހުރި ބިލުތައް ދައްކައި ނިންމަން ކަމަށެވެ. މިއީ މި މަހުގެ 2، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ފަސް ހަފުތާގެ ތެރޭގައި ބިލުތަކަށް ފައިސާ ދައްކަން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވެ އެވެ.
"ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ޕެންޝަން ފަންޑާއި އެމްއެމްއޭ ހިމެނޭ މުއާމަލާތެއް ހިންގަން އުޅޭއިރު ސަރުކާރުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދެމުންނެވެ. މިކަން ދިފާއުކުރަން ސަރުކާރުން ދައްކަނީ މި މުއާމަލާތް ސްޓްރަކްޗާކޮށްފައިވާ ގޮތެވެ. މިހާރު އޮތް ގޮތުން ފައިސާ ޗާޕުކުރުމުގެ ޓެކްނިކަލް މާނައިގެ ތެރެއަށް މި މުއާމަލާތެއް ނުފެތެ އެވެ.
އެމްއެމްއޭއިން މި މުއާމަލާތް ހިންގަނީ ސެކަންޑްރީ މާކެޓުގަ އެވެ. މިއީ އޭގެ ޒާތުގައި ސެންޓްރަލް ބޭންކުތަކުން އާންމުކޮށް ކުރާ ކަމެކެވެ. އަދި ސެންޓްރަލް ބޭންކުތަކުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ މަނިޓަރީ ސްޓެބިލިޓީ ހިފަހައްޓަން ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންތަކުގެ ތެރެއިންކޮށް އުޅޭ ކަމެކެވެ. އެކަމަކު ލިކިއުޑިޓީ އިތުރުކުރުމުގެ ބޭނުމުގަ އެވެ.
ޕެންޝަން ފަންޑުން ގަނެފައި ހުރި ބޮންޑުތައް އެމްއެމްއޭއަށް ގަތުމުން، މަނިޓައިޒޭޝަންގެ ނަތީޖާ ނިކުންނަނީ އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން އަނެއްކާ ވެސް ގޮސް ޓީބިލުތަކަށް އިންވެސްޓުކުރާތީ އެވެ. އާހިރުގައި ނިކުންނަނީ ޕްރައިމަރީ މާކެޓަށް ގޮސް އެމްއެމްއޭއިން ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.
މިއީ އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނި ފައިސާ އެވެ.
ޕެންޝަން ފަންޑަށް ޓީބިލު ވިއްކައިގެން ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން އުޅޭއިރު، މުއިއްޒު ވެރިކަމާ ހަވާލުވީންސުރެން މި ފައިސާ ދައްކާ ނިންމަން އެކި ތާރީހުތައް އަންނަނީ ދެމުންނެވެ. އަދި އެކި ފަހަރުތަކުގައި މި ވެނި އަދަދަކަށް ފައިސާ ދައްކައިފި ކަމަށް ވެސް އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ފައިސާއެއް ނުދެއްކެ އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިލު އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ