ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ، ފަތްކޮޅު ރަނިލްއަށް އަރުއްވައިފި ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން ކޮލޮމްބޯގައި! ލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ސާލިހު ފޮނުއްވައިފި ރާއްޖެއިން ސްރީލަން

ލަންކާއަށް ކުރިމަތިވި ހިތާމަވެރި ތޫފާނާ ގުޅިގެން ދިވެހިން ވެދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ އޮފީސް ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި ބައިވެރިވި ލަންކާގެ ރައްޔިތުން ވަނީ ދިވެހިންނަށް އެމީހުންގެ ހިތުގައި އޮތް ލޯބި ވަރަށް ބޮޑަށް ހާމަކޮށް، ރާއްޖެއިން ވީ އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި އެއްވުމަކީ ފަހުގެ ތާރީހެއްގައި ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ ކަމުގައިވާ “ސައިކްލޯން ޑިޓްވާ” ގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ދިވެހިން ވެދިން އެހީއަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަރަކާތެކެވެ. ދިވެހި ސަރުކާރުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ “ސިލޯން އާއެކު ދިވެހިން” ޓެލެތޯނުން އެކަނިވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ 50،000 ޑޮލަރާއި ގިނަ އަދަދެއްގެ މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައެވެ.
މި އެހީތެރިކަމަކީ ލަންކާގެ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައި ތިބި ދަނޑިވަޅެއްގައި ލިބުނު އެހީއެއްކަން އެމީހުން ފާހަގަކުރެއެވެ.
މި ހަރަކާތުގައި ބައިވެރިވި ލަންކާ ރައްޔިތުން ތިބީ ދެ ގައުމުގެ ދިދައާއި، ޝުކުރުގެ ބަސްތައް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ދިވެހިން ވެދިން އެހީއަކީ ތާރީހީ އެހީއެއް ކަމަށާއި، މިއީ ދިވެހިންގެ ހިތުގައި ލަންކާ ރައްޔިތުންނަށް އޮތް ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެތަނަށް އެއްވެ ތިބި މީހުން ބުނަމުން ދިޔައީ ދިވެހިންގެ މި އޯގާތެރިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށާއި، ދިވެހިންނަކީ އެމީހުންގެ ލޯބި ކަމަށެވެ.
މި އެއްވުމުގައި ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރި ގޮތުގައި، ލަންކާ މީހުން ހާލުގައި ޖެހުނު ވަގުތު އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލީ ދިވެހިންނެވެ. “އަހަރެމެން ގައުމު ހުއްޓިފައި އޮތްވަގުތު، ދިވެހިން ތިބީ އަހަރެމެންނާއެކު،” ލަންކާގެ ރައްޔިތަކު ބުންޏެވެ. މި ހަރަކާތުން ފެނިގެންދިޔައީ އިންސާނިއްޔަތުކަމުގެ ރީތި މިސާލެއް ކަމަށާއި، ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ދެއްކި ނަމޫނާއަށް މުޅި ދުނިޔެ ތައުރީފު ކުރަންޖެހޭ ކަމަށް އެމީހުން ބުންޏެވެ.
ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނާއި، އެކި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން ވެދިން އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދިޔަ ކަމެކެވެ. ލަންކާ ރައްޔިތުންގެ މި ޝުކުރު އަދާކުރުމުގެ ހަރަކާތް ނިންމާލީ ދެ ގައުމުގެ ގުޅުން އަބަދަށް ދެމިއޮތުމަށް އެދި ކުރި ދުއާތަކާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ