އޮޕަރޭޝަން އަލިމަގު: އައްޑޫ ޑްރަގު ނެޓުވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު'ގައި އައްޑޫން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އޮޕަރޭޝަންގައި މިދިޔަ ބުދަ ދުވަހު އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު އިއްޔެ ފުލުހުން ހާމަކުރި އެވެ. މި މީހުންނަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. 
ބުނީ ކީކޭ؟ - ފުލުހުން ރޭ ބުނި ގޮތުގައި، އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް، 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، ފުލުހުން ބުނީ:
މި މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި 
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރުކޮށްފައިވޭ 
އެއީ، ހަސަން ނަޒީފް، 36، ގުލްކަނދުގެ/ސ. ހިތަދޫ؛ އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައި 
އެނގުން މުހިންމު - މި މައްސަލާގައި ހައްޔަރުކޮށް އިއްޔެ ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެއްގެ އެވެ. އެ މީހުންނަކީ:
އަލީ ނަދީމް، 30، ކޮންމުލި/ސ. ހިތަދޫ
ހާފިޒު ފައުޒީ، 31، ފަލާހް/ސ. ހިތަދޫ
އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ/ ސ. ހިތަދޫ
ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ/ސ. ހިތަދޫ
އަމީން މުހައްމަދު، 23، ކެކުރިމާގެ/ސ. ހިތަދޫ
މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޒު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި ނެޓްވޯކުގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް މިދިޔަ މާޗު މަހުން ފެށިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން:
މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައި
ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ