ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
ބީއެމްއެލް އިން ބުނީ ްހުޅުމާލެ ފޭސް 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ގާއިމުކޮށް ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފައިވާކަމަށާއި، މިއާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުން ކަމަށާއި، މި ގާއިމުކުރެވުނު އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ބީއެމްއެލް އިން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ފޭސް 2 ގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބީއެމްއެލް އިން އިން އަންނަނީ ފޭސް 1 ގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި 4 ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް 2 ގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ހިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލް އިން ހުޅުމާލެ ފޭސް 2ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ