ނަޕޯލީއަތުން މެންޗެސްޓަރ ސިޓީއަށް މުހިންމު މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ނަޕޯލީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗް ނަޕޯލީގެ މައްޗަށް އެޓީމް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ނަޕޯލީގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމާ ގުޅިގެން ނަޕޯލީން މެޗްގެ ބޮޑުބައި ފުރިހަމަކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުގައެވެ. ރަތްކާޑު ދައްކާފައިވަނީ އެޓީމުގެ ކެޕްޓަން ޑި ލޮރެންޒޯ އަށެވެ. އެއީ 21 ވަނަ މިނެޓް ތެރޭގައި ހާލާންޑަށް ކުރި ފައުލަކާ ގުޅިގެންނެވެ. 
މެޗްގައި ސިޓީއަށް ގޯލް ހުޅުވާލަދިނީ 56 ވަނަ މިނެޓް ތެރޭގައި ހާލާންޑެވެ. ސިޓީގެ ލީޑް ފުޅާކޮށްދިނީ 65 ވަނަ މިނެޓް ތެރޭގައި ޖެރެމީ ޑޯކޫ އެވެ.
މިމެޗްގައި ހާލާންޑް ޖެހި ލަނޑާއެކު އޭނާށ ހިމެނިފައިވަނީ ޗެމްޕިއަންސްލީގްގަ މިހާތަނަށް 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ، ނިއުކާސަލް ޔުނިއިޓެޑާއި ބާސެލޯނާ ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. މިމެޗްގައި ބާސާގެ މާކަސް ރަޝްފޯޑް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ