ހިތްދަތިކަމާ އަނިޔާ ލިބެމުންދާ މީހަކު ތިމާއަށާ އަނިޔާ ލިބެމުންދާ އެންމެންނަށްޓަކާ މިފަދައިން ދުޢާކުރާނަމަ ހެޔޮ ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ލިބެމުން ނުދާ މީހަކު މިހާރު ވަރުމަދުވެއްޖެއެވެ. އެއީ މީސްތަކުންގެ ހިތްތަކުގައި އަނެކާއަށް ރަޙުމްކުޑަވަމުންދާތީއެވެ. ހަމައެކަނި ތިމާގެ އަމިއްލަ އުފާތަކަށް ވިސްނާ މީހުން ގިނަވާތީއެވެ. 
ވީމާ ހިތްދަތިކަމާ އަނިޔާ ލިބެމުންދާނަމަ މިފަދައިން މިފަދައިން ދުޢާކުރާށެވެ! 
"ޔާ ﷲ! މިއަޅާއަށް ލިބިފައިވާ ހިތްދަތިކަމާ އަނިޔާ އިނބަ ﷲ ދެނެވޮޑިގެންވަމުއެވެ. މިއަޅާ ފަދައިން ހިތްދަތިކަމާ އަނިޔާ ލިބެމުންދާ އެންމެންގެ ކަންކަންވެސްމެއެވެ. އަޅަމެން ރޯ ރުއިމުިގެ އަޑު އިނބަ ﷲ އައްސަވައި ވޮޑިގެންވަމުއެވެ. އަޅަމެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް އިނބަ ﷲ ދެކެވޮޑިގެންވަމުއެވެ. 
ޔާ ﷲ! މިއަޅާއަށާއި މިއަޅާފަދައިން ހިތްދަތިކަމާއި އަނިޔާ ލިބެމުންދާ އެންމެންނަށް ރަޙުމްކުރައްވަވާނދޭވެ! ހަމަކަށަވަރުން އިނބަ ﷲ އީ ހިތާމައާއި ހިތްދަތިކަމާއި އަނިޔާ ލިބެމުންދާ އެންމެންގެ ޙާލަތު މޮޅަށް ދެނެވޮޑިގެންވާ، ކުރާ ދުޢާއާއި ރޯރުއިމުގެ އަޑުއައްސަވައި ވޮޑިގެންވާ، ލޮލުން އޮހޮރޭ ކަރުނަ ދެކެވޮޑިގެންވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ!" އާމީން 
މިދުޢާ ކުރުނަމަވެސް މިދުޢާއިން ފުދޭނެއެވެ. އިން ޝާ ﷲ. އެއީ އެދި ދަންނަވަންވީ ކަންކަން މިދުޢާގައި ހިމެނިގެންވާތީއެވެ. އިތުރުކުރަން ބޭނުންވާ މީހާ އިތުރުކުރާށެވެ! އެކަމަކުންވެސް މައްސަލައެއް ނެތެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ