ފަލަސްތީނުގެ މިނިވަން ކަމާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިއަދު އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ވައިގެމަގުން ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ.
ހަމާސް އިން ދޭން ފެށި ރޮކެޓް ހަމަލާގައި އިޒްރޭލުގެ 40 މީހުން މަރުވެ 700 އެއްހާ މީހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ބަދަލުގައި އިޒްރޭލުން ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައި 198 މީހުން ޝަހީދުކޮށް 1610 މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ
ކުއްލި ގޮތަކަށް ފެށި މިހަމަލާތަކާއި އެކު އެ ޖަމާއަތުން ވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިސޯރު ކޮށްފައިވާ ފަލަސްތީނު ރައްޔިތުންގެ ގިނަ ބިންތަކެއް ކުޑަ ވަގުތުކޮޅެއްގެތެރޭ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
އަދި މި ހަމަލާތަކުގެ އިތުން ފަލަތީނުގެ ހަނގުރާމަވެރިން ވަނީ އިޒްރޭލް ސިފައިންނާއި އަސްކަރީ ވެހިކަލް ތަކާއި ޓޭންކަރުތައް އަތުލައިގަނެ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި 198 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ