ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހޮވަންވީ ނަތީޖާ ނެރެދެއްވާފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުއްލާ ސޯދިގު (ސޯބެ) ކަމަށް، އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ހަގީގީ ކުރިއެރުން ހޯދައިދިނުމަށް ބޭނުން ވަނީ ސާބިތުކަން ދައްކާފައިވާ އިހުލާސްތެރި ވަރުގަދަ ލީޑަރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާއަށް އެންމެ ރަނގަޅު ބޭފުޅަކީ ސޯބެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ދާއިރާގެ މުސްތަގުބަލަށްޓަކައި، ސޯބެގެ ތަޖުރިބާ އާއި، ތަަސައްވުރާއި، އިހުލާސްތެރިކަމަށް އިތުބާރު ކުރައްވައި، ޖޫން 6 ގައި ކެންޑިޑޭޓު ނަމްބަރު 2 އަށް ވޯޓު ދެއްވަން ޝާހިދު އެދިވަޑައިގަންނަވައެވެ.
އިންތިހާބުގެ ވޯޓުލުން އޮންނަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހު ހެނދުނު 8 ން ހަވީރު 4 ޖަހަންދެނެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރ ހޮވަން ބާއްވާ ބައި އިލެކްޝަނުގައި ޖުމްލަ 7 ފޮށި ވޯޓުލާން ބަހައްޓާނެއެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮއްޓެވެ.
ހިތަދޫ އުތުރުން ހޮވަންވީ ނަތީޖާ ނެރެދީފައިވާ ސޯބެ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ