ފަތްކެޔޮ އިންދަން، ހއ. ބާރަށު ވަލުތެރެއިން ބޮޑެތި ގަސްތައް ކަނޑައި އަންދާ މައްސަލަ ބޮޑުވެ އެކަން ހުއްޓާލަން ކައުންސިލުން އަންގައިފި އެވެ.
ބާރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ވަލުތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް މިހާރަކަށް އައިސް ކަނޑައި، ފަތްކެޔޮ އިންދުން އާންމުވެފައިވާ ކަމަށެވެ.
އެކަމަކީ ރާއްޖޭގެ "މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ގާނޫނު" ގެ ދެވަނަ މާއްދާއިން މުޅިން މަނާ ކަމެއް ކަމަށް ބާރަށު ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ރަށުގައި ފަތްކެޔޮ އިންދަންވާނީ ކައުންސިލުން ހުއްދަ ހޯދުމަށް ފަހު، އެ އިދާރާ އިން ކަނޑައަޅާ ތަނެއްގައި ކަމަށެވެ.
އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އަންގައި ބާރަށު ކައުންސިލުން ބުނީ އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކައުންސިލުން ވަނީ ބޮޑެތި ގަސްތައް ކެނޑުމަށް ފަހު އިންދާފައިވާ ފަތްކެޔޮ ގަސްތައް މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެތަނުން ނެގުމަށް ވެސް އަންގައިފަ އެވެ. އެ މުއްދަތަށް ފަހު، ނުނަގާ ފަތްކެޔޮ ގަސްތަކާ މެދު އޮންނަ އުސޫލުގެ މަތިން އަމަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
ގުދުރަތީ ގޮތުން ވެސް ރީތި ބާރަށަކީ ދުވަސްވީ ބިޔަ ބޮޑެތި ގަސްތައް ހުންނަ ރަށެކެވެ.
ފަތްކެޔޮ އިންދަން ބޮޑެތި ގަސްތައް ކަނޑާތީ އެކަން ނުކުރަން ބާރަށު ކައުންސިލުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ