ކުރީގެ އިލެކްޝަންސް ކޮމިޝަނަރު އަދި ދައުލަތުގެ އެހެނިގެން މަގާމުތަކުގައި ގިނަ އަހަރުތަކެއް މަސައްކަތް މަސައްކަތް ކުރެއްވި އިބްރާހިމް ރަޝީދު މިއަދު ނިޔާވެއްޖެ އެވެ.
ރަޝާދު، 78، ގެ ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައި މާދަމާގެ ފަތިސް ނަމާދަށްފަހު އެވެ. އޭނާ ނިޔާވީ އާލާސްކަންފުޅަކާ އުޅުއްވުމަށްފަހު ކަމަށް އެނގިފައިވެ އެވެ.
ރަޝާދު ވަނީ 1997 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އަށް އަހަރު ވަންދެން އިލެކްޝަންސް ކޮމިޝަނަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި އަތޮޅުވެރިކަމުގެ މަގާމު ވެސް އަދާ ކުރައްވާފައިވެ އެވެ.
ރަޝާދު ނިޔާވުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް އެކްސްގައި އާންމު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަޝާދަކީ ހިކުމަތްތެރި އަދި ހިންގުންތެރި ޝަހުސިއްޔަތެއް ކަމަށެވެ.
"[ރަޝާދަކީ] އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް. ހިކްމަތްތެރި ހިންގުންތެރި ޝަހުސިއްޔަތެއް. ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއް،" ރައީސް ވިދާޅުވި އެވެ.
ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ރަޝާދު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ