ގެއްލިގެން ހޯދާ ޒުވާނާ އަދިވެސް ނުފެނޭ

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުންދަނީ މުހައްމަދު އަޒުހާން (27 އ) އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަޒުހާން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 7:00 ހާއިރު ކަމަށެވެ.
އޭނާ އެންމެ ފަހުން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
ފުލުހުން ވަނީ އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ