މިއަދުކީ ޚުޠުބާ ލިޔުއްވި ޝައިޚަށް: ނުދައްކަންވީ ކޮންފޭރާމެއްލާ ވާހަކަތޯއެވެ؟

މީސްތަކުން ލައިއުޅޭ ފޭރާމުގެ ވާހަކަ ނުދައްކަން މިއަދުގެ ޚުޠުބާގައި ކީއަޑު އިވުނެވެ. ސުވާލަކީ ނުދައްކަންވީ ކޮން ފޭރާމެއްގެ ވާހަކަތޯއެވެ؟ މިއަދު ދިވެހިންގެ މަދުބައަކު ނިވާކަންކުޑަ ގޮތަށް ފޭރާން ލައިއުޅުނަސް ދިވެހިންގެ ގިނަބައަކު ފޭރާން ލައި އުޅެނީ ނިވާވާގޮތަށެވެ. 
މީހުން އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ދެފޮތިކޮޅު އައްސައިގެން ބައަކު އުޅޭތީއެވެ. މިސްކިތްތައް ކައިރިންވެސް އެގޮތަށް ހިނގާތީއެވެ. ރައްޔިތުންގެ ތެރޭގައި އެގޮތަށް އުޅޭތީއެވެ. ވީމާ ނުދައްކަން ތިއައުޅެނީ ކޮން ބައަކު ކޮންގޮތަކަށް ލައި އުޅޭ ކޮން ފޭރާމެއްގެ ވާހަކަކަން ބަޔާންކޮށް ނުދެއްވެވީމާ އެކަން ވަނީ ބޮޑު އޮޅުމަކަށްވެފައެވެ. 
މިފަދަ މުހިންމު މައްސަލަތަކުގައި ސުރުޚީ އަޅުއްވާފައި ދޫކޮށްލެއްވުމަކުން މަޤްޞަދަކީ ކޮބައިކަމެއް ނުއެނގެއެވެ. ވީމާ ސުރުޚީގެ ތަފްޞީލް ހާމަކުރައްވަން ކެރިވަޑައިނުގަންނަވާނަމަ ދީނުގައި އޮތީ ހަނުހުންނެވުން ނޫންތޯއެވެ؟ 
https://t.co/KUyEJcsuZG— Ali Zaid (@alizaid1000) November 24, 2022
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ