6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމްއިން ކަރަންޓް ކަނޑާލައިފި

ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓް ކަނޑާލައިފިއެވެ.ސްޓެލްކޯ އިން މިއަދު ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށެވެ.ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ."އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި." ސްޓެލްކޯ އިން ބުނެފައިވެ އެވެ. ސްޓެލްކޯގެ ޓުވިޓުގައި ބުނެފައިވަނީ އެ ފައިސާ އެ އިދާރާއިން ނުދައްކާނަމަ، އެއިދާރާގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށެވެ.ކަރަންޓުގެ ހިދުމަތް ކެނޑުމާއި ގުޅިގެން މިހާތަނަށް އެފްއޭއެމުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ