ލ. ހިތަދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި ފެނަކަ އެމްޑީ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ލ. ހިތަދޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުނުވާތީ ފެނަކަ އެމްޑީ މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު އެދިވަޑައިގެންފި އެވެ. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ޝާކިރު އެދިވަޑައިގެންނެވީ ހިތަދޫގެ ކަރަންޓު މައްސަލައަކަީ ރައްޔތިުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންބޮޑުވަކަށްވާތީ، އެސްއޯއީ ކޮމިޓީއަށް ފެނަކަ އެމްޑީ ހާޒިރުކޮށް މައްސަލަ ބަލައިދިނުމަށެވެ. 
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ޝާކިރު ވިދާޅުވީ ހިތަދޫގެ ކަރަންޓު ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، މި އަހަރު ފެށުނީއްސުރެ ރަށު ރައްޔިތުން އަންނަނީ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ރަށުގައި ބޭނުން ކުރަމުންދާ ތިން ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރެއްގައި މައްސަލަ ޖެހި ހަލާކުވުމުން، ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑި ރައްޔިތުން އިންތިހާއަށް ދަތި އުނދަގުލާ ކުރިމަތިލަމުންދާ ކަމަށާއި އެކަން ހައްލުކުރަން ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް އޭނާ ވިދާޅުވި އެވެ.  
"މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގެދޮރުގެ ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދަނީ ލިބެމުން. މިއަދާ ހަމައަށްވެސް މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަން ހިތާމައާއެކު ފާހަގަކުރަން،" ޝާކިރު ވިދާޅުވި އެވެ. 
މި މައްސަލައާ ގުޅިގެން އެސްއޯއީ ކޮމިޓީ ވީހާވެސް އަވަހަށް ބާއްވަން މުގައްރިރަށް ދަންނަވައި، ބައްދަލުވުމެއް ވީހާވެސް އަވަހަށް ތާވަލުކޮށްދޭން ޝާކިރު އެދިވަޑައިގެންނެވި އެވެ. 
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ. އެގޮތުން އެ މައްސަލަތައް ހައްލުނުވާތީ ރަށްތަކުން ކުރާ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ