މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް މި އަހަރު ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައި، އިނާމު ދިނުމާ ގުޅޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފި އެވެ.
ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އަންނަ އޮގަސްޓު މަހުގެ 31، ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ ރައީސް އޮފީހުގެ ފޯމު ހުށަހަޅާ ހާއްސަ ޕޯޓަލް މެދުވެރިކޮށް އިލެކްޓްރޯނިކްކޮށެވެ.
MGH Group of Companies
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކުންނެވެ.
ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް ހާއްސަގިންތި އެވެ. މި ގިންތީގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ލެވެލް 7 ނުވަތަ 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި ތައުލީމީ މަރުކަޒުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.
ދެވަނަ ގިންތިއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް، އެކި މައުރަޒުތަކާއި މުބާރާތްތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުންތަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.
މީގެ އިތުރުން، ތިންވަނަ ގިންތި ހާއްސަކޮށްފައިވަނީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.
މި އަހަރުގެ ހަތަރުވަނަ ގިންތިއަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި އެވެ. މި ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމަށް ނަން ހުށަހަޅުއްވާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށާއި، އެ ލިޔުންތަކަކީ އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށްޓަކައި އުސޫލުގައިވާ ގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. މި އިނާމުތައް ދެއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ